ދިރުވާލައިގެން 60 ބުލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޒަހިދު މުހައްމަދު، 24އ. އެވެ.
ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ޕާކިސްތާނުން ޒަހިދު މުހައްމަދު ރާއްޖެ އައިއިރު އޭނާ ވަނީ މަސްތުވާތަކެތީގެ 60 ބުލެޓު ދިރުވާލައިފަ އެވެ. ދިރުވާލާފައިވަނީ މަސްތުވާތަކެތިކަން ޒަހިދުއަށް ނޭނގޭ ކަމަށާއި އެއީ ބަޔަކު އޭނާއަށް ބިރު ދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި ވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ރަޖްބަންށީ ޗަތްރަ ބަހާދުރު 39އ. ވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހުރި ދަބަހެއް އޭނާ އަތުން ފެނިފައިވާތީއެވެ. އެ ދަބަހަކީ ރަޖްބަންށީ އާ މީހަކު ހަވާލު ކުރި ދަބަހެއް ކަމަށާއި އެ ދަބަސް އޮތް ތަން ބުނެފައިވަނީ އޭނާ އަމިއްލައަށް ކަމަށް ފުލުހުންގެ ބަޔާނާ ހަވާލާދީ އަމުރުގައި ބުނެފައިވެއެވެ.
މިއީ ގިނަ ބަޔަކު ބަިއވެރިވެގެން އިންތިޒާމުވެގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ބަލައިގަނެފައިވާ އިރު، އެ އޮފީހުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރުމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ދީފައިވަނީ 20 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު