މަނީ ލޯންޑަރިންގެ މައްސަލައިގައި ރާއްޖެއިން ހިފެހެއްޓި އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވަނީ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން (27އ) އެވެ. ކުރިމިނަލް ކޯޓުން އިންޑިއާގެ އެ މީހާގެ ބަންދަށް މިމަހު ތިންވަނަ ދުވަހު ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން މިއަދު ބުނީ އެ ތިން ދުވަހުގެ މުއްދަތު ހަމަވާތީ އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުން ގިނަ އަދަދަކަށް ޑޮލަރު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފައިސާ ހޯދި ގޮތް އޭނާ ސާފުކޮށްދީފައިނުވާތީ، އަދި ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ފުރައިގެންދާތީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ހައްޔަރުކުރީ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންގެ އަތުން ފެނުނު ޑޮލަރަކީ އެހެން މީހަކު އޭނާއަށް ހަވާލުކުރި ޑޮލަރު ކަމަށް ދޭހަވާ ލިޔުމެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު