ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވާކަން ހީނާ ކަށަވަރުކޮށްދެއްވި ނަމަވެސް އެ ދަތުރުފުޅު ކުރައްވާނެ ތާރީހެއް ހީނާ ހާމައެއް ނުކުރައްވައެވެ.
"ރާއްޖެ އާއި އިންޑިއާ ދެމެދު މިވަގުތު އެންމެ ރަނގަޅު ތާރީހަކީ ކޮަބައިތޯ ކަމާއި ގުޅޭ މަޝްވަރާތައް މި ދަނީ،. ދައުލަތުގެ އެންމެ އިސްވެރިން އެގޮތަށް ކުރައްވާ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވަނީ ދެ ގައުމަށްވެސް އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުފުޅުތަކުގައި،" ހީނާ ވިދާޅުވިއެވެ.
ރައީސް ވަނީ މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މި ސަރުކާރުގައި ވަނީ ހީނަރުވެފައެވެ. ދެ ގައުމުގެ ގުޅުން ހީނަރުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާން ވަނީ ފަށައިފައެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 9 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ވަރުގަދަކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ޑިއާ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް އަބަދުވެސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު