ނ. ހޮޅުދޫން، ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ހޮޅުދޫގެ ގެއެއްގައި ޒަހަމްތަކަކާ އެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނު 10:00 ހާއިރު ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި އެ ރަށުގެ ހެލްތު ސެންޓަރަށް އެމީހާ ގެންގޮސްފައިވާ ކަމަށާއި އެމީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު، 50އ. އެވެ.
އެރަށުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނީ އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިން ކަމަށާއި އޭނާ ފެނިފައިވަނީ އެ ގޭގެ ކުނި ނަގަން ދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށެވެ. ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން ފޮރިންސިކް ޓިމް އިން މިހާރު ދަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު