ހެންވޭރު، ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގާމަގު ކެފޭގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެތަނުގައި ރޯވެފައިވާ ވީޑިއޯއެއް އާންމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގައެވެ.
ފުލުހުން ބުނީ އަލިފާން ރޯވި ވަގުތު މަގުމަތީގައި ތިބި ދެ މީހަކަށް ދުމުގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު