ޗެލްސީގެ ކޯ އޯނަރުން ކަމަށްވާ ޗެއާމަން ޓޮޑް ބޯލީ އާއި މެޖޯރިޓީ ކޯ އޯނާ ކްލިއާލޭކް ކެޕިޓަލްއާ މެދު ހިޔަލާތު ތަފާތުވެ، އެ ކްލަބުގެ ފުލް ކޮންޓްރޯލް ހޯދުމަށް ދެބައި މީހުންވެސް މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެއެވެ.
ޗެލްސީގެ ކުރީގެ ވެރިޔާ، ރަޝިޔާ ބިލިއަނަރު 2022 ވަނަ އަހަރު އެ ކްލަބު ވިއްކާލީ ރަޝިޔާ އާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް ކުރިމަތި ކުރުވި ފިއްތުންތަކާ އެކު މަޖުބޫރު ވެގެންނެވެ. އޭނާ އެ އަހަރު ޖުލައި މަހު ޗެލްސީ ވިއްކާލީ 2.5 ބިލިއަން ޕައުންޑަށެވެ. އެ ޑީލްގެ ދަށުން، ކްލަބުގެ 61.5 ޕަސެންޓް ހިއްސާ އޮންނަނީ ކްލިއާލޭކް އަތުގައެވެ.
ކްލިއާލޭކާއި ބޮލީއެކުވެ، ފުރަތަމަ ޗެލްސީ ގަނެ، އޭނާ ހުރީ ފުޓުބޯޅައިގެ ކަންކަމާ ހަވާލުވެ، ކޯ ކޮންޓްރޯލިން އޯނަރުގެ ގޮތުގައެވެ. އަދި އޭނާއަކީ ފުރަތަމަ ވަގުތީ ސްޕޯޓިން ޑިރެކްޓަރެވެ. ބޯލީ އެމަގާމުން ދުރަށް ޖެހިލީ މިދިޔަ އަހަރު ޖެނުއަރީ މަހުގައެވެ. އެއީ އެކަމަށް ތަޖުރިބާކާރުންނާ މަގާމު ހަވާލުކުރުމަށްފަހުއެވެ.
އާ ޓެކްނިކަލް ޑިރެކްޓަރުންނާ އެކު ޗެލްސީން ގިނަ ޓްރާންސްފާތަކެއް ކުރަމުންދާ އިރު، ހަބަރުތައް ބުނެފައި ވަނީ ބޯލީ އާއި ކްލިއާލޭކްގެ ކޯ ފައުންޑާ، ބެހެދާދް އެގްބާލީއާ ޖެހުނު މައްސަލައަކީ ޓްރާންސްފާތަކުގެ މައްސަލަ ކަމަށެވެ. އަދި އެމައްސަލައިގެ ސަބަބުން، ކްލިއާލޭކުން ބޯލީގެ ހިއްސާ އެއްކޮށް ގަންނަން މަސައްކަތް ކޮށްފައިވެއެވެ. އަދި ބޯލީވެސް ވަނީ ކްލަބުގެ ކޮންޓްރޯލް ހޯދޭނެ ވަރަށް ހިއްސާ ގަންނަން މަސައްކަތް ފަށާފައި ކަމަށްވެސް ނޫސްތައް ބުނެއެވެ.
މީގެ ދެ ދުވަސް ކުރިން ޗެލްސީން ބުނީ އެ ކްލަބުގެ އެންމެ މަތީ ފަންތީގައި މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި 38.5 ޕަސެންޓް ހިއްސާ އޮންނަ ބިލިއަނަރު ޕާޓްނަރުން ކަމަށްވާ ހޮންސްޖޯގް ވީސް އާއި މާކް ވޯލްޓާއާ ދެމެދު ވެސް ގޯސްތަކެއް ނޫޅޭ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް ޗެލްސީގެ އެތެރޭ ބައެއް ފަރާތްތަކުގެ ފުށުން ވެސް ވަނީ ނުތަނަވަސްކަމުގެ މައުލޫމާތު ނޫސްތަކާ ހަމައަށް ގޮސްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ