ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ފަސް ބިދޭސީއަކު، ގިނަ އަދަދެއްގެ ފައިސާ އާއެކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މީހުން އަތުލައިގަތީ ޓާސްކުފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އިދާރާއާއި ފުލުހުން ގުޅިގެން ހިންގި ރެއިޑެއްގައި ކަމަށެވެ. އެ ރެއިޑުގައި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
އިމިގްރޭޝަނުން ވަނީ އެ ރެއިޑުގައި އަތުލައިގެން ދެ ބިދޭސީއަކާއި އެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުންގެ އަތުން އެމެރިކާ ޑޮލަރާއި އެހެން ގައުމުތަކުގެ ރުފިޔާ ގިނަ އަދަދަކަށް ހުއްޓެވެ. އަދި ދިވެހި ރުފިޔާގެވެސް ބޮޑެތި އަދަދުތަކުގެ ނޫޓުތައް ހުއްޓެވެ.
އެ މީހުންގެ އަތުން ފެނުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ. އެ އިދާރާ އިން ބުނީ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު