ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ދިވެހި ގައުމީ އަންހެން ޓީމާ އިއްޔެ ޖާޒީ ހަވާލުކޮށްފިއެވެ.
އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓްގައި ޓީމުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ، ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އިއްޔެގެ އިވެންޓްގައި ރާފިއު ވަނީ ޓީމަށް ހިތްވަރު ދެއްވައި، ރާއްޖެއަށް މުބާރާތުން މެޑަލްއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން އެދިވަޑައިގެންފައެވެ. އޭގެ އިތުރުން ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވެސް އިއްޔެގެ އިވެންޓްގައި ބައިވެރިވެލައްވާފައިވާ އިރު، އޭނާ ވަނީ ޓީމާ މެދު އިތުބާރު ބޮޑު ކަމަށް ވިދާޅުވެފައެވެ.
މިފަހަރު ކާވާ އަންހެން ޗެލެންޖް ކަޕްގައި ރާއްޖެ އާއި ތަޖެކިސްތާން، ކިރިގިސްތާނުގެ އިތުރުން އަފްގާނިސްތާން ވާދަކުރާނެއެވެ. އެ މުބާރާތް އޮންނާނީ މާދަމާއިން ފެށިގެން މިމަހު 11 އަށް ސޯޝަލް ސެންޓަރުގައެވެ. މާދަމާ ހަވީރު ތަޖެކިސްތާނާ އާއި ކިރިގިސްތާން ވާދަކުރާ އިރު، މާދަމާ ރޭ ރާއްޖެއިން ފުރަތަމަ މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
ރާއްޖޭގެ ޓީމުން މުބާރާތަށް ތައްޔާރުވަމުންދާތާ ދުވަސްތަކެއްވެފައިވާ އިރު، އެންމެފަހުން ނޭޕާލްގައި ކުޅުނު ކާވާ ވިމެންސް ނޭޝަން ލީގުގައި ވެސް ވާދަކޮށް، ޓީމުން ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދައިފައެވެ. އެ މުބާރާތުގައިވެސް ޓީމުގެ ހެޑް ކޯޗަކީ ސޮފްވާން އަހުމަދެވެ. މިފަހަރުވެސް ޓީމު ނުކުންނާނީ ސޮފްވާންގެ ކޯޗުކަމުގެ ދަށުގައެވެ. އެސިސްޓެންޓް ކޯޗުންނަކީ އަހުމަދު ދީދީއާއި އަހުމަދު އަދީލް (ބޭބެ) އެވެ.
- މާނާ ނާޒިމް
- ނަރީމާ އިދުރީސް
- ޝަމްހާ ރިޔާޒް
- ހައްވާ ރާޝިދާ (ހައްވަ)
- އައިމިނަތު އަރީޝާ
- އައިމިމަތު ރިޔާސާ
- އައިޝަތު މާޖިދާ
- ފާތިމަތު ޖޫޒާން ޒަރީރު
- ފާތިމަތު އަނާލް
- ފައިހާ މުހައްމަދު
- އައިމިނަތު ޝަހާ ޝާމިން
- މައިހާ އަލީ
- ފާތިމަތު ސަމްހާ
- މާޔާ ހުސައިން ސޮލާހް
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު