ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ރޭންކިން ބުރުގައި ރާއްޖޭން ކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިން ބަލިވެއްޖެއެވެ.
މިއަހަރު ކާވާ މުބާރާތް ކުރިއަށްދަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ މިމަހު 22 އިން 29 ވަނަ ދުވަހާ ހަމައަށެވެ. ޖުމުލަ އަށް ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ރޭންކިން ބުރުގައި ކުޅެނީ ސެމީ ފައިނަލުން ފުރުސަތު ގެއްލުނު ހަތަރު ޓީމެވެ. އެއީ ދެ ގްރޫޕުގެވެސް ތިންވަނަ އަދި ހަތަރު ވަނަ ޓީމުތަކެވެ. އެއީ ރާއްޖެއާއި ލަންކާގެ އިތުރުން ބަންގްލަދޭޝްއާއި ކިރްގިސްތާނެވެ.
ރޭންކިން ބުރުގެ ކުޅުން އިއްޔެ ފެށި އިރު، ފުރަތަމަ މެޗުގައި ކިރްގިސްތާނުން ވަނީ ޕޫލް ބީގެ ފުލުން ނިންމި ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.
ދެވަނަ މެޗުގައި ރާއްޖޭން ލަންކާއާ ދެކޮޅަށް ނުކުމެ ބަލިވީވެސް ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 25-17، 25-18 އަދި 25-13 އިންނެވެ.
ދެން ރޭންކިން ބުރުގައި ރާއްޖެއަށް އޮތީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއީ މުބާރާތުގެ ފުރަތަމަ މޮޅެއް ހޯދަން މުހިއްމު މެޗެކެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް