ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާއެއްގައި 51 މީހަކު މަރުވެއްޖެއެވެ.

ރަޝިޔާ އާއި ޔޫކްރޭން ކުރަމުން ދާ ހަނގުރާމައިގައި 51 މީހަކު މަރާލާފައިވަނީ ރަޝިއާއިން ޔުކްރޭނުގެ މެދުތެރެއަށް ދިން މިސައިލް ހަމަލާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގައި ޔޫކްރޭނުގެ 200 އަށްވުރެން ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޔޫކްރޭނުގް މިލިޓަރީން ވަނީ މި ހަމަލާ އަމާޒުވި އިމާރާތުގައި މިލިޓަރީ ޓްރޭނިން ދިނުމަށް ހަދާފައިހުރި އިންސްޓިއުޓެއް ހިމެނޭކަމަށާއި ހަމަލާގައި މިލިޓަރީގެ ބަޔަކު ވެސް މަރުވި ކަމަށް ބުނެފައެވެ. ނަމަވެސް މަރުވީ މިލިޓަރީއަށް ނިސްބަތްވާ ކިތައް މީހުންކަމެއް ބުނެފައެއް ނުވެއެވެ.

ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު އެ ގައުމުގެ ރައީސް ވްލަޑިމިއަ ޕޫޓިން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި މޮންގޯލިއާގައެވެ.