ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާއާ ގުޅޭ ޝަކުވާއެއް އެ ތަނުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީގެ މީޑީއާ އޮފިޝަލް މިއަދު "ވަން"އަށް ވިދާޅުވީ، އެ ކޮމިޝަނަށް އެގޮތަށް ހުށަހެޅޭ މައްސަލަތަކާގުޅޭ މައުލޫމާތު އާންމު ކުރަނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. ނަމަވެސް އިސް ގާޒީއާގުޅޭ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސް ގާޒީގެ މައްސަލަ އެ ތަންތަނަށް ހުށަހެޅީ، އެތަނަށް މުވައްޒަފުން ނެގުމުގައި އަމަލު ކުރަމުންގެންދާ ގޮތާ ގުޅޭ ގޮތުންނެވެ. އެގޮތުން މަގާމުގެ ނާޖައިޒު ފައިދާ ނަގައިގެން ވެރިން އެންޑޯޒްކުރާ މުވައްޒަފުން މަގާމުތަކަށް ނަގާ ތަނަކަށް އެ ކޯޓު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ކޯޓަށް އަލަށް މުވައްޒަފުން ނަގާފައިވަނީ ވެރިން ނޮމިނޭޓް ކޮށްގެން ކަމަށް އެ މައްސަލައިގައި ވަނީ ތުހުމަތުކޮށްފައެވެ.
ނުފޫޒު ބޭނުންކޮށްގެން ސިވިލް ކޯޓަށް މުވައްޒަފުން ނަގާއިރު އެ މުވައްޒަފުންނަށް ފަސޭހަވާ ގޮތަށް ރިޓިން އެގްޒޭމް ތައްޔާރުކުރުމާއި ވެރިން ޕްރެޒެންޓޭޝަން ހަދައި ދިނުން ފަދަ ކަންކަން އާންމުވެފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި ކޯޓު އޮފިސަރަކަށް ލީގަލް އޮފިސަރެއްގެ މަގާމު ދިނުމަށް އިންޓަވިއުގެ ތެރެއިން ހެދި ޕްރެޒެންޓޭޝަނެއް އިސް ގާޒީގެ ލޮގިން ބޭނުންކޮށްގެން ހަދާފައިވާ ކަމަށްވެސް އެ މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު