ކުލަގަދަ ވަރުގަދަ ހަރަކާތްތަކަކާއެކު ފްރާންސްގެ ޕެރިހުގައި ޕެރަލިމްޕިކްސް ރޭ ފަށައިފިއެވެ.
ޕެރިހުގައި ޕެރަލިމްޕިކްސް ހުޅުވުމުގެ ގޮތުން ރޭ ވަނީ ހާއްސަ އިވެންޓެއް ބާއްވާފައެވެ. އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ އައިކަނިކް ޗޭމްޕްސް-އެލީސީސް އިން ފެށިގެން ގޮސް ޕްލޭސް ޑެ ލަ ކޮންސޯޑޭއާ ދެމެދުގައެވެ. އެ އިވެންޓްގެ ތެރެއިން ގައުމުތަކުގެ ހާއްސަ ޕެރޭޑެއް ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ ޕެރަލިމްޕިކްސްއެއް ފެށުމުގެ ރަސްމިއްޔާތުވެސް ސްޓޭޑިއަމުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
ރޭގެ ފެށުމުގެ ރަސްމިއްޔާތުގެ ބޮޑެތި އިވެންޓްތައް ބާއްވާފައި ވަނީ ޕްލޭސް ޑެ ލަ ކޮންސޯޑޭގައެވެ. ރޭގެ އިވެންޓް ބެލުމަށް 65،000 އެއްހާ މީހުން ޖަމާވެފައިވާ އިރު، އިވެންޓް ބެލުމަށް އެ ސަރަހައްދަށް ވަނުން އޮތީ ހިލޭއެވެ. މިފަހަރުގެ ޕެރަލިމްޕިކްސްގެ އިވެންޓްތައް 11 ދުވަހަށް ދެމިގެންދާ އިރު، 4،400 އެތުލީޓުން ވާދަކުރއެވެ. އެއީ ރެކޯޑި 168 ގައުމެއްގެ ޑެލިގޭޝަންތަުންނެވެ. އެ އެތުލީޓޫން 549 މެޑަލް އިވެންޓްގައި ވާދަކުރާނެއެވެ.
މިފަހަރުގެ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ދެ އެތުލީޓުން ކަމަށްވާ، ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު ރޭ ރާއްޖޭގެ ދިދަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވިހުރުވާލާފައިވެއެވެ. އެންމެ ފަހުން، ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ރައްޒާގާއި ފާތުން ލޯ މެޑަލް ހޯދާފައިވާ އިރު، ފެނުމުން މަހުރޫމުވެފައިވާ އެ ދެ އެތުލީޓުން ޕެރަލިމްޕިކްސްގައިވެސް ވާދަކުރާނީ ޕެރަ އެތުލެޓިކްސް އިވެންޓްގައެވެ.
ރައްޒާގު ވާދަކުރާ ފިރިހެން 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގެ ހީޓް ދޭއް މާދަމާ އޮންނާނެއެވެ. މިފަހަރުގެ ޕެރަލިމްޕިކްސްގައި ރާއްޖޭގެ ފާތުންވެސް ވާދަކުރާނީ ޕެރަލިމްޕިކްސްގެ އަންހެން 100 މީޓަރު އިވެންޓްގައެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް