ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.
އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެންނެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޕޯސްޓުގައި އެ ތަކެތި އަތުލައިގަތް ވީޑިއޯ އާއި ފޮޓޯ ވެސް އާންމުކޮށްފައިވެއެވެ. އެގޮތުން އެ ޑޮލަރުތައް ބޭރު ކުރަން އޭނާ މަސައްކަތްކޮށްފައި ވަނީ ކޯންފްލެކްސް ފޮއްޓަކަށް އަޅައިގެންނެވެ.
އެ ވީޑިއޯގައި އޭނާއަށް އެ ޑޮލަރު ދިނީ "ޗަމްޕާ ގެސްޓް ހައުސް މީހާ މަގޭ ކާރީގަ ގެންދަން ބުނީ،" ކަމަށް އޭނާ ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު