ކްރޮއޭޝިއާއިން ޔޫއެފާ ނޭޝަންސް ލީގަށް އިއުލާނުކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި ކެޕްޓަން ލޫކާ މޮޑްރިޗްގެ ނަން ހިމަނައިފިއެވެ.
ކްރޮއޭޝިއާ، ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމާއިއެކު، އުމުރުން 39 އަހަރުގެ މޮޑްރިޗް ގައުމީ ޓީމާ ދުރަށް ޖެހިލާނެ ކަމަށް އޮތީ ބެލެވިފައެވެ. އެހެން ނަމަވެސް އެކަމަށް ވަކި ގޮތެއް އޭނާ ނިންމާފައެއް ނުވެއެވެ. މޮޑްރިޗް އޭރު ބުނީ ކްރޮއޭޝިއާގެ ގައުމީ ޓީމާމެދު ގޮތެއް ނިންމަން އެވަގުތު އަދި ބޭނުން ނުވާ ކަމަށެވެ.
މޮޑްރިޗް ރެއާލް މެޑްރިޑާއެކުވެސް އިތުރު އެއް އަހަރަށް އެއްބަސްވުން އާކޮށްފައިވާ އިރު، އޭނާއަކީ މިހާރު އެ ކްލަބުގެ ކެޕްޓަނެވެ. އުމުރުން 20 އަހަރުގައި ގައުމީ ޓީމަށް މޮޑްރިޗް ކުޅެން ފެށީ 2006 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މިހާތަނަށް އޭނާ ވަނީ 178 މެޗު ގައުމީ ޓީމަށް ކުޅެފައެވެ.
މޮޑްރިޗާއެކު އެންމެ ފާހަގަކޮށްލެވުނު ތަޖުރިބާކާރު މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗާއި ޑިފެންޑަރު ޑޮމާގޯޖް ވީޑާވެސް ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާފައިވާ އިރު، އެ ވާހަކައިގެ ތެރެއިން ކްރޮއޭޝިއާ ކޯޗު ލަޓްކޯ ޑަލިޗް ބުނީ "ކެޕްޓަން މޮޑްރިޗް ޓީމުގައި މަޑުކުރުމަކީ އުފާކުރާ،" ކަމަށް ކަމަށާއި މޮޑްރިޗަކީ ޓީމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު