ބަޔާން މިއުނިކާ އަލަށް ހަވާލުވި ކޯޗު، ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗުގައި ރޭ އުލްމް ބަލިކޮށްފިއެވެ.
ރޭ ބަޔާނުން ރަށުން ބޭރުގައި ކުޅުނު ޖަރުމަނު ކަޕް މެޗުގައި އުލްމް ބަލިކޮށް، މޮޅަކާ އެކު ފެށީ 4-0 ގެ ނަތީޖާއަކުންނެވެ. އުލްމަކީ 23 އަހަރު ފަހުން އަލުން އެނބުރި ޖަރުމަނުގެ ފުރަތަމަ ޑިވިޝަނަށް ނުކުތް ޓީމެކެވެ. އެޓީމު ބަލިކޮށް ބަޔާނުން ރަނގަޅު ފެށުމަކުން ފެށި އިރު، ބަޔާނަށް މިއީ ޗެލެންޖިން ސީޒަނަކަށް ވާނެއެވެ. މިދިޔަ ސީޒަނަކީ އެ ކްލަބުގެ ތާރީހުގައިވެސް އެންމެ ދަށް އެއް ސީޒަނެވެ.
ބަޔާނަށް 2012 ވަނަ އަހަރު ފަހުން ތަށްޓަކާ ނުލައި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނަކަށްވީ މިދިޔަ ސީޒަނެވެ. އެޓީމަށް ލީގުވެސް ގެއްލުނު އިރު، ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލަށް ވުރެ ކުރިއަކަށް ނުދެވުނެވެ. ބަޔާނުން ޖަރުމަނު ކަޕް އެންމެފަހުން ކާމިޔާބުކުރީ އެޓީމުން ޓްރެބަލް ހޯދި 2019-20 ވަނަ އަހަރުގެ ސީޒަނުގައެވެ.
ޖަރުމަނު ކަޕްގެ މެޗުތަކުން ޖަރުމަނު ފުޓުބޯޅަ ފަށާފައިވާ އިރު، ކޮމްޕެނީގެ ބަޔާނުން ރޭ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖެހިއެވެ. ތޯމަސް މުލާގެ ދެ ގޯލާއެކު ބަޔާން ފެށުން ރަނގަޅުކޮށް ދެވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ކިންގްލީ ކޯމަން އާއި ހެރީ ކޭންއެވެ. ކޯމަންގެ ގޯލަށް އެސިސްޓް ކޮށްދިނީ މި ސީޒަނަށް އެޓީމުން ގެންދިޔަ މައިކަލް އޮލީސޭއެވެ.
ބަޔާނުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި 25 އޮގަސްޓް ވަނަ ދުވަހު ނުކުންނާނީ ވުލްވްސްބާގާ ދެކޮޅަށެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް