އެމްޕޮކްސް (މަންކީޕޮކްސް) އަކީ ޕަބްލިކް ހެލްތު އިމަޖެންސީއެއް ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗް އިން ރޭ އިއުލާނު ކުރުމާއެކު، ރާއްޖޭގައި އެ ބަލި ފެތުރިދާނެތޯ ބެލުމަށް ރިސްކު އެސެސްމެންޓެއް ހަދަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެކްސްގައި އެޗްޕީއޭއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރިސްކު އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށާއި އެ އެސެސްމަންޓަށް ފަހު އަޅާނެ ފިޔަވަޅުތައް އަންގަމުންދާނެ ކަމަށެވެ.
އެމްޕޮކްސް ފެތުރެން ފެށީ ކޮންގޯގަ އެވެ. އެ އިންފެކްޝަން އަވަށްޓެރި ގައުމުތަކަށް ވަނީ ފެތުރެން ފަށައިފަ އެވެ. އެ ބަލި ޖެހެނީ ގައިގޯޅިވުމުގެ ސަބަބުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތަކީ ޑަބްލިއުއެޗްއޯގެ އެންމެ މަތީ ދަރަޖައިގެ އެލާޓެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވެ އެވެ.
މަންކީޕޮކޮސް
މަންކީޕޮކޮސް