މާލެއިން މީގެ ތިން ދުވަސް ކުރިން ގެއްލުނު ޒުވާނަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ އެކްސް ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަނީ ހދ. ކުޅުދުއްފުށި / ކިނާރާގެ، އަހްމަދު އަނިލް މުހައްމަދު (23އ) ކަމަށެވެ.
އޭނަގެ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށާއި އަނިލް މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަނިލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު