ޕެރިސް އޮލިމްޕިކްސްގައި ދޭ މެޑަލްތަކުގެ އޮފު ކެނޑި، ކުލަވެއްޓޭ ކަމުގެ ޝަކުވާތައް އެތުލީޓުން ކޮށްފިއެވެ.
އޮލިމްޕިކްސް މެޑަލްތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައި އެންމެ ފުރަތަމަ ޝަކުވާކުރި އެއް އެތުލީޓަކީ އެމެރިކާގެ ސްކޭޓްބޯޑަރި، ނައިޖާ ހިއުސްޓަން އެވެ. އޭނާ ވަނީ ފިރިހެން ސްޓްރީޓް ސްކޭޓިން އިވެންޓްގެ ތިންވަނައާއެކު ބްރޯންޒް މެޑަލްއެއް ހޯދައިފައެވެ. ނައިޖާ ވަނީ އޭނާގެ މެޑަލްގެ ކުލަ ވެއްޓިފައިވާތަން ދައްކުވައިދޭ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭނާ ބުނީ ހަފުތާއެއްހާ ދުވަސް ތެރޭގައި ކޮންމެވެސް ވަރަކަށް ފޮޓޯއެއް ނަގަން ބޭނުންކުރިތަނުން މެޑަލްގެ ކުލަ ވެއްޓުނު ކަމަށެވެ.
ނައިޖާ ބުނީ އޮލިމްޕިކްސް މެޑަލްތައް ފުރަތަމަ ދޭ ވަގުތު ރީތިކޮށް ފެނުނު ނަމަވެސް، ދުވަސްކޮޅެއްފަހުން ބަލާލަން ނުކުރޭވަރުވާ ކަމަށެވެ. ހާއްސަކޮށް ހަށިގަނޑުން ހިއްލާފައިވާ ދާ މެޑަލްގައި ޖެހުމުން، ކުލަ ވެއްޓުނުކަން އޭނާ ފާހަގަކުރިއެވެ.
ނައިޖާގެ އިތުރުން އިނގިރޭސި ޑައިވަރު ޔާސްމިން ހާޕާވެސް ވަނީ މެޑަލްގެ ފެންވަރު ދަށް ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. ހާޕާ އަންހެން ތިން މީޓަރުގެ ސިންކްރޮނައިޒްޑް ސްޕްރިންގްބޯޑު ޑައިވިން އިވެންޓުން ޕާޓްނާ ސްކާލެޓް މެއު ޖެންސެންއާއެކު ލޯ މެޑަލް ހޯދިއިރު، އޭނާ ބުނީ މެޑަލްގެ ކުލަވެސް ވެއްޓިފައިވާ ކަމަށެވެ. މެޑަލްގައި ހަމައެކަނި ޖެހުނީ ފެންފޮދެއް ކަމަށްވެސް އޭނާ ބުންޏެވެ.
ހާޕާ ބުނީ މެޑެއްޔެއް ވާނީ މެޑެއްޔަކަށް ކަމަށާއި، އެކަމާ މާ ބޮޑަށް ޝަކުވާކުރަން ބޭނުން ނުވާ ކަމަށެވެ. ބައެއް އެތުލީޓުންގެ ޝަކުވާތަކާއެކު، ހަލާކުވާ މެޑެއްޔަށް ބަދަލުގައި މެޑަލް ހަމަޖައްސައިދޭނެ ކަމަށް އޮލިމްޕިކްސްއިން ވަނީ ބުނެފައެވެ. އޮލިމްޕިކްސްއިން ބުނީ މެޑެއްޔަކީ ޝަރަފުވެރި އެއްޗެއްކަން އެނގޭ ކަމަށާއި، ބައެއް މެޑަލްތަކުގެ މައްސަލަ އުޅޭކަން ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް، އެ އެތުލީޓުންނަށް ރަނގަޅު މެޑަލް، އެ ކޮލިޓީގައި ދޭނެ ކަމަށްވެސް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެއެވެ.
މިފަހަރު ޕެރިސް އޮލިމްޕިކްސްގެ މެޑަލްތައް ޑިޒައިންކޮށް، ތައްޔާރުކުރަން ހަވާލުކޮށްފައި ވަނީ ފްރާންސްގެ ލަގްޒަރީ ގަހަނާ އުފައްދާ ޗައިމޭއާ އެވެ. ޗައިމޭއިން މެޑަލްތައް އުފައްދާފައި ވަނީ އައިފިލް ޓަވަރު 20 ވަނަ ގަރުނުގައި މަރާމާތުކުރި އިރު އެ ޓަވަރުން ނެގި ދަގަނޑުން ކަމަށް ބުނެފައިވެއެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް