ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވ. ބޮޑުމޮހޮރާ އިން 24 ފުޅި ބަންގުރަލާއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އެ ތިން މީހުން ހައްޔަރުކުރީ ބޮޑުމޮހޮރާގައި ބަންގުރާ ގެންގުޅެ ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަން ހިންގީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ވަނަވަރުވެސް މިއަދު އާންމުކޮށްފައެވެ. އެއީ މ. ލަކްސް ގާޑަން/ 43 އަހަރުގެ އަހުމަދު އަޝްރަފާއި ގދ. ތިނަދޫ/ ބްލޫހެވަންއާގެ 50 އަހަރުގެ އަމްޖަދު މުހައްމަދު އަދި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ 53 އަހަރުގެ ނަލިން އިންދިކާ ކޮޑިކާރައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުމޮހޮރާއަކީ ވިޔަފާރިވެރިޔާ އަަބްދުﷲ ޖާބިރަށް ރިސޯޓް ހަދަން ދީފައި އޮންނަ ރަށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު