މިދިޔަ ސީޒަނުގެ މެޗުތަކުގެ ހާފް ޓައިމަށްފަހު، މެންޗެސްޓާ ސިޓީން ދަނޑަށް ނުކުތުން ލަސްވާތީ ޖޫރިމަނާ ކުރުމުން ހާފް ޓައިމްގައި ދޭ ޓީމް ޓޯކް ވީހާވެސް އަވަސްކޮށް، ވާހަކަ މަދުކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީން މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން 22 ފަހަރެއްގައި މެޗަށް ނުކުތުން ލަސްވެފައިވެއެވެ. އެއީ ރަނގަޅު ސަބަބެއް ނެތި ހިނގާފައިވާ ކަންތައްތަކެއް ކަމަށްވުމާއެކު ޕްރިމިއާ ލީގުން ވަނީ އެ ޓީމު، 2.09 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފައެވެ. އެ ޖޫރިމަނާ ބޮޑުވެފައިވަނީ އާންމުކޮށް ހާފް ޓައިމަށްފަހު ނުކުންނަ ނުކުތުން ލަސްކުރާތީއެވެ.
އެ ޖޫރިމަނާގެ ވާހަކަ ގާޑިއޯލާ ކުރެން އެހުމުން އެކަމަށް އޭނާ ވަނީ ޖަވާބުދާރީވެފައެވެ.
"އަހަރެން އެ ވާހަކަ އަޑުއެހީ ހަބަރުތަކުން. އަހަންނަށް ދެން ކުރެވޭނެ ކަމަކީ ހާފް ޓައިމްގައި އަހަރެން ދައްކާ ވާހަކަ މަދުކޮށްލުން. އެކަން ކުރާނަން އަންނަ ސީޒަނުގައި،" ގާޑިއޯލާ ބުންޏެވެ.
މި ވަގުތު ޕްރި ސީޒަން ޓުއާގައި ސިޓީ އާއެކު ހުރި ގާޑިއޯލާއަށް އަދިވެސް މުހިންމު ކުޅުންތެރިންތައް ބޭނުންކުރުމަށް މާބޮޑު ވަގުތެއް ލިބިފައެއް ނުވެއެވެ. ޔުރޯ 2024 އާއި ކޮޕާ އެމެރިކާގައި ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވާއިރު، އޮލިމްޕިކްސްގައި ވެސް ސިޓީގެ ކުޅުންތެރިން ފެނިގެންދެއެވެ.
އެ ހާލަތުގައި ސްކޮޑު އޮތުމުން ގާޑިއޯލާ ޕްރި ސީޒަން މެޗުތަކުގައި އާލިން ހާލަންޑަށް ގިނަ ވަގުތުތަކެއް ދީފައިވެއެވެ. އެއީ ނޯވޭ މިދިޔަ ބްރޭކުގައި މުބާރާތެއް ކުޅެފައި ނުވުމާވެސް އެކުގައެވެ. ނަމަވެސް ހާލަންޑް މި ވަގުތު ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ