ފްރާންސްގައި މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގައި އިޒްރޭރުލް ކުޅުނު ފުޓްބޯޅަ މެޗެއްގައި އެ ގައުމުގެ ލާއިންސާނީ އަނިޔާތާކާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގާޒާއަށް ހަމަލާދީ އެތައް ބަޔަކު މަރަމުންދާއިރު ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 500 އެއްހާ އެތުލީޓުންވެސް މަރުވެފައިވާ އިރު، ކުޅިވަރު ދުނިޔެ އިން އެކަމަށް ބީރު ކަންފަތެއް ދެމުންދާތީ، މުސްލިމު ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސްގެ ބައެއް ސަރަހައްދުތަކުގައިވެސް އެކަމަށް އަޑު އުފުލާފައިވެއެވެ.
ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ރަޝިއާ ކުޅިވަރުން ބޭރުކޮށްފައިވާ އިރު، އެ ގައުމުގެ އެތުލީޓުންނަށް މި ފަހަރުގެ އޮލިމްޕިކްސްގައިވެސް އަމިއްލަ ގައުމެއް ރަމްޒެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ރަޝިޔާގެ އެތުލީޓުންނަށް ބައިވެރިވެވެނީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައެވެ. އެކަން އެހެން އޮތް ނަމަވެސް، އިޒްރޭލަށް ފިޔަވަޅެއް ނާޅާތީ، ފަލަސްތީނުގެ އޮލިމްޕިކްސް ކޮމިޓީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އެ ކަންބޮޑޮވުންތަކަށް އޮލިމްޕިކްސް އިން އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ގޮސްފައިވާއިރު، މިހާތާނަށް އަލްޖީރިއާގެ ޖޫޑޯ އެތުލީޓަކު ވަނީ އިސްޒޭރު އެތުލީޓަކާ ދެކޮޅަށް ނުކުންނަން ދެކޮޅު ހަދައި، މެޗު ދޫކޮށްލައިފައެވެ. އަދި ބައެއް ސަޕޯޓަރުންގެ ފަރާތުން އިޒްރޭލު އެތުލީޓުންނަށް ބޫ ކުރާތަންވެސް ފެނިފައިވެއެވެ.
އިޒްރޭލުން ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާ އިރު، އެ ގައުމުން ގްރޫޕް ޑީގައި ޕަރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑަށް ވަދެ ތިބި ސަޕޯޓަރުންތަކެއް ވަނީ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަން ގޮވާލައި ބެނާއެއް ދަމާފައެވެ. އެ ބެނާގައި ވަނީ "ގެނޮސައިޑް އޮލިމްޕިކްސް" ޖަހައިފައެވެ.
އެ ބެނާގެ މައްސަލަ ބެލުމަށް ފްރާންސްގެ ޕީޖީން އަންގައިގެން މިހާރު ދަނީ ތަހުގީގެއް ކުރަމުންނެވެ. އޭގެ އިތުރުން އިޒްރޭލް ގައުމީ ސަލާމަށް "ބޫ" ކުރި މައްސަލަތަކެއްވެސް ބަލަން މިހާރު ވަނީ އަންގައިފައެވެ. އަދި އިޒްރޭލް އެތުލީޓުންނަށް މަރުގެ އިންޒާރުތަކެއް ދިން ކަމަށް ބުނެވެސް މިހާރު ދަނީ މައްސަލަތަކެއް ބަލަމުންނެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް