ރާއްޖޭގައި ހިންގަމުންދިޔަ ހަށިވިއްކާ ނެޓްވޯކެއްގައި އަތުލައިގަނެ، އެކަމުގައި އިސްކޮށް އުޅުނު މީހާއާއި އެކަމުގައި ބައިވެރިވި އެންމެން ޑީޕޯޓްކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އެ ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅުނީ 2019 ވަނަ އަހަރުން ފެށިގެން ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅުނު ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.
"މި މައްސަލައިގައި މި ހިމެނޭ ބިދޭސީ ފަރާތަކީ ދިވެއްސަކާ ކައިވެނިކޮށްގެން އޭރު އުޅުނު މެރީޖް އޮފް ކޮންވީންއަސް ހަގީގަތުގައި މި ކަންކަމުގެ މި ހިމެނެނީ. އާރިފު ކަމަދާން ކިޔާ ބަންގްލަދޭޝް ފިރިހެނެއް މީނަ 2019 އިން ފެށިގެން މި ފޮނުވާލުމާ ހިސާބަށް 23 އަންހެނަކު ދިވެހިރާއްޖެ އެތެރެކޮށް ހަށިވިއްކުމުގެ ކަންކަމުގައި ގެންގުޅެފައިވޭ" ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ނެޓްވޯކު އަތުލައިގަތީ އިމިގްރޭޝަނުން މި ފަހުން ހިންގި ރެއިޑްތަކުގެ ތެރެއިން ކަމަށެވެ. އެ ރެއިޑްތަކުގައި 153 ބަލައިފާސްކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދިޔަ 2،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު