މިސްކިތްތަކުގައި ގާރީ ކުލާސްތައް ހިންގަން ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާތަަކަށް ބުނީ މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ގާރީ ކުލާސްތައް ހިންގުމަށް މި ހަފުތާފައި ހުއްދަ ދޭނެ ކަމަށެވެ.
އެ ކުލާސްތަކުގައި އިމާމުންނާއި ގުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ގުރުއާން ކިޔަވައިދީ، ދަސްކޮށްދީ ހެދޭނެ ކަމަށާއި އެކަމަށް ޝައުގު ހުރި ފަރާތްތަކުން ފޯމުލުމަށް މި ހަފުތާގައި ހުޅުވައިލާނެ ކަމަށްވެސް ބުންޏެވެ.
މިސްކިތްތަކުގައި ގާރީ ކުލާސްތައް ހިންގަން ހުއްދަ ދޭން މިނިސްޓްރީން ނިންމި އިރު، ހިލޭ ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް، އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު