އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ 115 މައްސަލަ ނިންމައި، އެ މައްސަލަތަކުން ދައުލަތަށް ގެއްލުނު 640 މިލިއަން ރުފިޔާ ހޯދަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީއާ ގުޅޭ 166 މައްސަލައެއް އޭސީސީން ބަލަން ފެށި ކަމަށާއި އެއީ ފައިސާގެ އަދަދުން ޖުމުލަ 948 މިލިޔަން ރުފިޔާ ހިމެނޭ މައްސަލަތަކެއް ކަމަށެވެ.
އެ މައްސަލަތަކުގެ ތެރެއިން 115 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުލަތަށް ލިބެންޖެހޭ 640.6 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީއަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްސަލާމް ވިދާޅުވީ އެގޮތަށް އަންގައި އެންގުމާ އެއްގޮތަށް ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މީގެ ކުރިންވެސް އެ ހިޔާނާތުން ހޯދަންޖެހޭ ފައިސާ ހޯދުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އަދި އެމްއެމްޕީއާރުސީއާ މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު