ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ހިޔާނާތާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް މިހާރު އެނގޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެކަމާބެހޭ މައުލޫމާތު ދެއްވަމުން، އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލައާބެހޭ ބައެއް މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތް ވެސް މިހާރު އެނގޭ ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރުމާއި އެ ކޮމިޝަނުން ކުރިއަށްގެންދާ އެހެން ތަހުގީގަކާ ގުޅުން ހުރުމުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ދެހާސް ބާވީސްވަނަ އަހަރު ހިންގި އެ ހިޔާނާތުގެ ތެރެއިން އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު