ވަގަށް ރާއްޖެއަށް ސިގިރޭޓް އެތެރެ ކުރުމުގައި ބައިވެރިވި މައްސަލައާ ގުޅިގެން ކަސްޓަމް އޮފިސަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެފަރާތުން ބުނެފިއެވެ.
ކަސްޓަމްސްގެ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މިއަދު ވިދާޅުވީ، ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން އެތެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ސިގިރޭޓް ކަސްޓަމުން ހިފަހައްޓާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސީދާ ޕޮއިންޓުން އެތަކެތި އަތުލަގައި ގަނެފިނަމަ އެކަމުގައި ބައިވެރިވަނީ ކޮންބައެއްކަން ނޭނގޭނެތީ، އެކަމުގައި ބައިވެރިވާ ބަޔަކު ހޯދުމަށްޓަކައި، އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްފައިވާ ކަމަށެވެ.
އެގޮތަށް ކުރި މަސައްކަތުންނާއި އިންޓެލިޖެންސް ބޭނުންކޮށްގެން ކުރި ތަހުގީގުން އޭގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން އެނގުނު ކަމަށް ވެސް މާނިއު ވިދާޅުވިއެވެ.
އެ މައްސަލައިގައި ސަސްޕެންޑްކުރި ކަސްޓަމްސް އޮފިސަރަކީ، ސްކޭން ކުރާ މެޝިން ކައިރީގައި ހުރި އޮފިސަރު ކަމަށް މާނިއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު