ލ. ގަމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ ލ. ލިންކު ރޯޑުން ގަމަށް ދަތުރު ކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެވަގުތު އެ ކާރުގައި ތިބީ ދެ މީހުންނެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކާރުގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލާފައި ކަމަށާއި އެ ހާދިސާ ހިގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު