ޔޫރޯ 2024 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސްއާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑުން ސެމީއަށް ނުކުންނަނީ ގަދަ 16 ގައި ސްލޮވޭކިއާ ކައިރިން ހަނި ގޮތަކަށް ސަލާމަތްވެ، ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑް ކައިރިން ޕެނަލްޓީގައި މޮޅުވެފައި އޮވެގެން. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސް ވަނީ ގަދަ 16 ގައި ރުމޭނިއާ ބަލިކޮށް، ކުއާޓާ ފައިނަލުގައި ތުރުކީ ކަޓުވާލާފައި.
ނެދަލޭންޑްސްއަށް މިއީ އިންތިޒާރަކަށްފަހު ޔޫރޯ ފައިނަލަށް ދާން ލިބޭ ފުރުސަތެއް. އެޓީމުން 1988 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން އަދި ޔޫރޯ ފައިނަލަށް ގޮސްފައެއް ނުވޭ. އިންގްލެންޑުން ޔޫރޯ 2020 ގެ ފައިނަލުގައި ކުޅެ ބަލިވީ އިޓަލީ ކައިރިން.
- މިއީ ނެދަލޭންޑްސްއާއި އިންގްލެންޑުން ބޮޑު މުބާރާތެއްގައި ކުޅޭ ހަތަރު ވަނަ މެޗު
- ޔޫރޯ 1988 ވަނަ އަހަރު ކުޅުނު މެޗު ނެދަލޭންޑްސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން. އެ މެޗުގައި މާކޯ ވެން ބަސްޓެން ހެޓްރިކް ހެދި
- ދެން ދެ ޓީމުން 1990 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުވީ އެއްވަރު
- 1996 ވަނަ އަހަރުގެ ޔޫރޯގައި ދެ ގައުމުން ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން
- އެންމެފަހުން ނެދަލޭންޑްސްއާއި އިންގްލެންޑް ކުޅުނު ނުވަ މެޗުން އިންގްލެންޑަށް ހޯދުނީ އެންމެ މޮޅެއް
- އޭގެ ތެރެއިން ހަތަރު މެޗު އެއްވަރުވި އިރު، ނެދަލޭންޑްސް ވަނީ ހަތަރު މެޗުން މޮޅުވެފައި
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024