ނިމިދިޔަ ޔޫރޯ 2024 އަށް އިންގްލެންޑުން ނެގި ސްކޮޑުގައި ހިމެނެން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ވިންގް، ޖެކް ގްރީލިޝް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ގްރީލިޝް ނުލާ ގެރެތު ސައުތުގޭޓް އިއުލާނު ކުރި ސްކޮޑަށް ކޮންމެ ވެސް ވަރެއްގެ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ. މިދިޔަ ސީޒަނުގައި ސިޓީގެ ފުރަތަމަ 11 އިން ގްރީލިޝްއަށް އެންމެ ފަސޭހައިން ޖާގަ ލިބެމުން ގޮސްފައި ނުވި ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި އޭނާއަކީ އިންގްލެންޑަށް ބޭނުންތެރި ކުޅުންތެރިއެކެވެ.
އިންގްލެންޑުން ޔޫރޯ 2024 ގެ ފައިނަލުގައި ކުޅެ ސްޕެއިން ކައިރިން ބަލިވެގެން އެޓީމަށް އިތުރު ތަށްޓެއް ގެއްލިގެން ދިޔުމާ އެކު އޭރުގެ ކޯޗު ސައުތުގޭޓް ވަނީ އަމިއްލައަށް މަގާމު ދޫކޮށްލައިފައެވެ. މިވަގުތު ގައުމީ ޓީމާ ހަވާލުވެ ހުރީ ވަގުތީ ކޯޗު، ލީ ކާސްލޭއެވެ.
"އަހަރެން ދެތަށް ބުނަން ބޭނުން. އަހަރެން ސައުތުގޭޓްގެ ނިންމުން ގަބޫލެއް ނުކުރަން. އަހަރެންވެސް ގަބޫލުކުރަން ކްލަބަށް އަހަރެންގެ އެންމެ ރަނގަޅު ސީޒަނެއް ނޫންކަން މިދިޔަ ސީޒަނަކީ. އެހެންވިޔަސް ކޮންމެ މަގާމަކަށް ވެސް ބޭނުންވާނެ ބެލެންސް ކުޅުންތެރިން. އޭގެ އިތުރުން އަހަރެން ގަބޫލުކުރަނީ މިހާރު އަހަންނަކީ ތަޖުރިބާކާ ކުޅުންތެރިއެއް ކަމަށް. އެހެންވެ ގަބޫލުކުރަނީ ޔޫރޯ ސްކޮޑުގައި ހިމެނެން ޖެހޭ ކަމަށް. އެހެންނަމަވެސް، އެގޮތަށް އެކަން ވެގެން ނުދިޔަ،" ގްރީލިޝް ބުންޏެވެ.
ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކާސްލޭ ވަނީ އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑުން އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ގްރީލިޝްއަށް ފުރުސަތު ދީފައެވެ. އޭގެ ތެރެއިން އަޔަލޭންޑާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގައި ގްރީލިޝް ގޯލުވެސް ޖެހިއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް