ޔޫރޯ 2024ގެ ތެރެއިން ނަސްލީ ގޮތުން ދިމާކޮށް ސަޕޯޓް ކުރި ހަތް ގައުމެއްގެ ސަޕޯޓަރުންނަށް އަދަބު ދިނުމުގެ ގޮތުން، ޔޫއެފާ އިން ހަތް ގައުމެއްގެ އެފްއޭއަށް ފިޔަވަޅު އަޅައިފިއެވެ.
ޔޫއެފާ އިން ފިޔަވަޅު އަޅާފައިވަނީ ސާބިއާ، ކްރޮއޭޝިއާ، ރުމޭނިއާ، ސްލޮވީނިއާ، އޮސްޓްރިއާގެ އިތުރުން ހަންގޭރީ އަދި އަލްބޭނިއާގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.
އެކި ގައުމުތަކަށް ތަފާތު އަދަބުތައް ދީފައިވާ އިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަބެއް ދިނީ ކްރޮއޭޝިއާ އެފްއޭ އަށެވެ. އެއީ 41،960 ޕައުންޑުގެ ޖޫރިމަނާއެއް ކުރުމުގެ އިތުރުން ޕޯޗުގަލްއާ ދެކޮޅަށް ސެޕްޓެމްބަރު ފަސްވަނަ ދުވަހު ކުޅެން އޮތް ނޭޝަންސް ލީގު މެޗަށް ސަޕޯޓަރުންނަށް ނުވަދެވޭނެ ގޮތަށް ދިން އަދަބެކެވެ. ޕޯޗުގަލްގައި ކްރޮއޭޝިއާ އިން ކުޅެން އޮތް މެޗަށް ކްރޮއޭޝިއާ ސަޕޯޓަރުންނަށް ނުވަދެވޭނެ ގޮތް ހެދުމަށް ޔޫއެފާ އިން ވަނީ އެ މެޗަށް އަވޭ ޓިކެޓް ނުވިއްކޭނެ ގޮތް ހަދައިފައެވެ.
އަލްބޭނިއާއަށް އަދަބު ދިނީ ސްޕެއިންއާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ސަޕޯޓަރުންގެ ކަންކުރި ގޮތުންނެވެ. އެ ގައުމުގެ އެފްއޭ 25،230 ޕައުންޑުން ޖޫރިމަނާކޮށްފައިވާ އިރު، ހަންގޭރީއާއި ސާބިއާއާއި ސްލޮވީނިއާ އެފްއޭވެސް ޖޫރިމަނާކުރީ އެ އަދަދަށެވެ. އަދި އޮސްޓްރިއާއަށް 16800 ޕައުންޑްގެ ޖޫރިމަނާއެއް ކުރި އިރު، ރުމޭނިއާއަށް ކުރީ 28،000 ޕައުންޑްގެ ޖޫރިމަނާއެކެވެ.
ކްރޮއޭޝިއާގެ އިތުރުން ރުމޭނިއާއާއި ސާބިއާއިން ދެން އަވޭގައި ކުޅެން އޮތް މެޗުތަކަށްވެސް އެ ގައުމުގެ ސަޕޯޓަރުންނަށް ނުވަދެވޭނެއެވެ. އެއީ ސެޕްޓެމްބަރު މަހު ނޭޝަންސް ލީގުގައި ކުޅޭ މެޗުތަކަށެވެ.
ހަތް ގައުމަކަށް ދިން އަދަބުތަކުގެ ސަބަބުން 17 މެޗަކަށް އަސަރުކުރިއެވެ. އޭގެ ތެރެއިން ސްލޮވީނިއާއާއި ރުމޭނިއާ އަދި ކްރޮއޭޝިއާ އަދި ސާބިއާ ހިމެނޭ ތިން މެޗެއް ފާހަގަކޮށްލެވެއެވެ.
ޔޫއެފާ އިން ޓީމުތަކަށް އަދަބު ދިނުމުގައި ބަލާފައިވަނީ އަލިފާނުގެ ކުޅިވަރު ކުޅުމުގެ އިތުރުން ދަނޑަށް އެއްޗެހި އުކުންވެސް ހިމަނައިގެންނެވެ. އަދި ބޮޑަށް ސަމާލުކަން ދީފައިވަނީ ނަސްލީ ގޮތުން ދިމާކުރި ޗޭންޓްތަކަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024