ބޭނުންވީ ޔޫރޯ ޗެމްޕިއަނަކަށް ވާން ނަމަވެސް އެކަމުގައި އޭނާ ފެއިލްވެއްޖެ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ފްރާންސުން ޔޫރޯ 2024ގެ ސެމީ ފައިނަލުގައި ރޭ ސްޕެއިން ކައިރިން ބަލިވީ 2-1ގެ ނަތީޖާ އަކުންނެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސަށް އެންމެ މޮޅެއް ހޯދުނު އިރު، އެ ޓީމަށް މި ޔޫރޯގައި އޯޕަން ޕްލޭ އިން ޖެހުނީ ރޭ ސްޕެއިން ކައިރިން ޖެހި ގޯލު އެކަންޏެވެ. އެމްބާޕޭއަށް ކާމިޔާބު ކުރެވުނީ ޕެނަލްޓީއެއް އެކަންޏެވެ.
ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް، ގްރޫޕް ސްޓޭޖު އެއް މެޗު އޭނާއަށް ގެއްލުނެވެ. އަދި ފަހުން ރޭގެ މެޗާ ހަމައަަށް ކުޅެފައިވަނީ މާސްކެއްގައެވެ. އެމްބާޕޭއަށް މިހާތަނަށް ޔޫރޯ ކާމިޔާބު ކުރެވިފައި ނުވާއިރު، ޔޫރޯ 2020 ގައި އޭނާ އަތުން ޕެނަލްޓީ ނާކާމިޔާބުވެ ސްވިޒަލޭންޑް ކައިރިން ކެޓީ ގަދަ 16 އިންނެވެ.
ރޭގެ މެޗަށްފަހު އެމްބާޕޭ ބުނީ މާބޮޑަކަށް އެކަމުގައި ދައްކަންޖެހޭ ވާހަކަތަކެއް ނޯންނާނެ ކަމަށާއި އޭނާ ފެއިލްވީ ކަމަށެވެ.
"މާބޮޑަށް ކޮމްޕްލިކޭޓް ކުރުމުގެ ބޭނުމެއް ނެތް. މުބާރާތެއްގައި އޮންނާނީ ރަނގަޅުވުމާއި ގޯސްވުން. މި މުބާރާތް ގޯސް، އަހަރެންވެސް ވީ ފެއިލް. އަހަރެން ގަބޫލުކުރަން އަހަރެން ފެއިލްވި ކަމަށް،" ރޭގެ މެޗަށްފަހު އެމްބާޕޭ ބުންޏެވެ.
މި ޔޫރޯގައި އެމްބާޕޭ ފެނުނީ ދަށް ކޮށެވެ. އުމުރުން 25 އަހަރުގެ ފޯވަޑަށް ގޯލަށް އަމާޒުކޮށް އުފެއްދުނީ އެންމެ ނުވަ ހަމަލާއެކެވެ. މިދިޔަ ދެ ޔޫރޯގައިވެސް އެމްބާޕޭއަށް އެންމެ ގޯލެއް ޖެހިފައިވާ އިރު، އެއީ ވޯލްޑް ކަޕްގެ ތަފާސްހިސާބުތަކަށް ބަލާއިރު ގަބޫލުވެސް ކުރަން ދަތި އަދަދެކެވެ. އެމްބާޕޭ ވޯލްޑް ކަޕްގައި ކުޅުނު 14 މެޗުގައި އޭނާގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 1.11 އެވެ. ޔޫރޯގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.32 އެވެ. އެހެންކަމުން ޔޫރޯގައި އޭނާ ފެއިލްވި ކަމަށް ގަބޫލުކުރުމަށް ޖާގަ އެބަ އޮތެވެ.
އެމްބާޕޭ އިތުރަށް ބުނީ މާސްކް އަޅަން ޖެހުމުން ހުރިހާ ކަމެއް ބަދަލުކުރި ކަމަށާއި އެއީ އުނދަގޫތަކެއް ކުރިމަތިވި ސަބަބެއް ކަމަށެވެ.
"އަހަރެން ދެން ދާނީ ޗުއްޓީއަކަށް. އަހަރެން ރަނގަޅަށް ރެސްޓުކޮށް، މުޅިން އާ ސަފުހާއަކަށް ދެން ނުކުންނާނީ. މުޅިން އާ ސިޓީއެއްގައި، މުޅިން އާ ކޯޗަކާއެކު މަސައްކަތް ކުރަން މި ތައްޔާރުވަނީ،" އެމްބާޕޭ ބުންޏެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024