ޔޫރޯ 2024 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗުގައި ވާދަކުރަނީ ޔޫރަޕްގެ ގަދަ ދެ ބާރު. ސްޕެއިނުން މެޗަށް ނުކުންނަނީ އެންމެ ފޯމު ރަނގަޅު ޓީމުގެ ގޮތުގައި. އެޓީމުން ކުއާޓާ ފައިނަލުގައި ޖަރުމަނު ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އޭގެ ކުރިން ގަދަ 16 ގައި ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ފްރާންސުން ގަދަ 16 ގައި ބެލްޖިއަމް ބަލިކުރީ 1-0 އިން. އެ މެޗުގައި ޖެހީ ބައިކޮޅަށް ވަން ގޯލެއް. ކުއާޓާގައި ޕޯޗުގަލް ބަލިކުރީ ޕެނަލްޓީ ޖަަހައިގެން. ފްރާންސުން މިހާތަނަށް މި ޔޫރޯގައި އޯޕަން ކުޅުމުން ގޯލެއް ޖަހާފައެއް ނުވޭ.
- ޑިޑިއޭ ޑިޝޭމްޕްސް - ފްރާންސް
"އަހަރެމެން ކުޅޭތަން ބަލަން ފޫހިވާނަމަ އެހެން އެއްޗެއް ބަލާ. މަޖުބޫރެއް ނޫން ފޫހިވެގެން އިނދެ ފްރާންސް ކުޅޭތަން ބަލާކަށް. މިއީ ތާރީހުގެ ތެރެއިންވެސް މަދު ގޯލުތަކެއް ފެނިގެންދާ ޔޫރޯއެއް. އަހަރެމެންނަށް މިހާރު މި ކުޅޭ ކުޅުމާއެކު، ގައުމުގައި އޮތް ހާލަތުން އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެވޭނެ ފުރުސަތު އެބަ އޮތް. ފްރާންސުން ކުޅޭ ކުޅުން ފޫއްސޭ ބުންޏަސް އަހަރެންގެ ފަރުވާލެއް އެކަމަކަށް ނެތް،"
"ހަމަ ޔަގީނުންވެސް ޑިފެންސް ވަރުދަވުމަކީ ވަރަށް މުހިންމު ކަމެއް. ސްޕެއިން ޓީމުގެ އެޓޭކިން ވަރުގަދަ ކަމަށް ބަލާފައި، ފްރާންސް ޖެހޭނެ ޑިފެންސިވްލީ ވަރުގަދަ ވާން. ބޮޑެތި މުބާރާތްތަކުގައި ޑިފެންސް ވަރުގަދަވުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވިޔަސް އަދި އެވަރުން ފުއްދާލަން ވިސްނައިގެންވެސް ނުވާނެ. އެޓޭކްވެސް ކުރަން ޖެހޭނެ. އެޓޭކް ނުކޮށް ސެމީ ފައިނަލް ލެވެލްގެ މެޗެއް ނެގުމަކީ އުނދަގޫވާނެ ކަމެއް،"
- ލުއިސް ޑެ ލަ ފުއެންޓޭ - ފްރާންސް
"އެމްބާޕޭ ޕްރިޑިކްޓް ކުރާކަށް ނޭނގޭނެ. އެމްބާޕޭ ދަނޑުމަތީގައި ގެއްލޭނެ އެއްވެސް ވަގުތެއް ނާންނާނެ. އެންމެ ދެ މޫވްއަކުންވެސް ޑިފެންޑަރު ބީޓް ކޮށްލާނެ ކުޅުންތެރިއެއް އެމްބާޕޭއަކީ. އޭނާއަކީ ދަނޑުމަތީގައި ވަރަށް ވިސްނުން ތޫނު، ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. އެއީ ސުޕަ ސްޓާރެއް ކަމަށް ވިސްނަން ޖެހޭނެ،"
"50 ޕަސެންޓްގައި ހުންނަ އެމްބާޕޭއަކީ އެހެން ކުޅުންތެރިންގެ 100 ޕަސެންޓްގެ ކުޅުންތެރިއެއް. އަހަރެމެން ޖެހޭނެ އެމްބާޕޭ ހިފަހައްޓަން ސަމާލުކަން ދޭން. އަހަރެމެން އެކަން ނުކޮށްފިނަމަ ލަނޑު ލިބޭނެ. އެކަން ކުރެވޭނެ ކުޅުންތެރިން އެބަ ތިބި. އަހަރެން އިތުބާރު ކުރަން ސްޕެއިން ފައިނަލަށް ދާނެ ކަމަށް،"
- މިއީ ބޮޑު މުބާރާތެއްގައި ސްޕެއިނާއި ފްރާންސް ކުރިމަތިލާ ހަވަނަ ފަހަރު
- އޭގެ ތެރެއިން ތިން މެޗު ކާމިޔާބުކުރީ ފްރާންސުން
- 1984 ވަނަ އަހަރު ޔޫރޯ ފައިނަލްގައި ފްރާންސުން މޮޅުވީ 2-0 އިން، 2000 ވަނަ އަހަރު ޔޫރޯ ކުއާޓާ މެޗުގައި ފްރާންސް މޮޅުވީ 3-1 އިން. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަދަ 16 ގައި ފްރާންސް މޮޅުވީ 3-1 އިން
- ދެޓީމުން ކުޅުނު އަނެއް މެޗުގައި 1996 ވަނަ އަހަރު ޔޫރޯ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިން
- ފްރާންސުން މަސައްކަތް ކުރަނީ ހަތަރު ވަނަ ޔޫރޯ ފައިނަލަކަށް ފުރުސަތު ހޯދަން. މީގެ ކުރިން ފްރާންސުން ޔޫރޯ ފައިނަލަށް ދިޔައީ 1984، 2000، އަދި 2016 ވަނަ އަހަރު
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024