ކްރިސްޓަލް ޕެލެސްއަށް ކުޅުނު ވިންގް، މިޝޭލް އޮލީސޭ ސޮއިކުރިކަން ބަޔާން މިއުނިކުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އުމުރުން 22 އަހަރުގެ އޮލީސޭ ބަޔާނަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާން ކުރީ ރޭގައެވެ. އޮލީސޭ ބަޔާނާ ގުޅިފައިވަނީ 50 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ.
މިދިޔަ ތިން ސީޒަނުގައި ޕެލެސްއަށް 90 އަށްވުރެ ގިނަ މެޗު އޮލީސޭ ކުޅެދީފައިވާ އިރު، އޭނާ ބަޔާނަށް ދިޔައީ އިނގިރޭސި ގިނަ ކްލަބުތަކަކުންވެސް ލޯ އަޅަމުން ދަނިކޮށެވެ. އެގޮތުން މި ޓްރާންސްފާ ސީޒަނުގައިވެސް އޮލީސޭ ހޯދަން ޗެލްސީއާއި ނިއުކާސަލް ޔުނައިޓެޑުންވެސް މަސައްކަތް ކުރިއެވެ.
އޮލީސޭ ޕެލެސްއާ ފުރަތަމަ ގުޅުނީ 2021 ވަނަ އަހަރު، ރެޑިންއިންނެވެ. އޭރު އޭނާގެ އަގަކީ އަށް މިލިއަން ޕައުންޑެވެ. މިދިޔަ ދެތިން ސީޒަނުގައި އޮލީސޭގެ ފޯމު ރަނގަޅުކޮށް ފެނިގެން ގޮސްފައިވާ އިރު، ބަޔާނުން އޭނާ ގެންދިޔައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
"އަހަރެން މި ހުރީ ބަޔާން ކަހަލަ ބޮޑު ކްލަބަކަށް ސޮއިކުރެވުމުން، އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އަހަންނަށް މިއީ ބޮޑު ޗެލެންޖެއް ނަމަވެސް، ބަޔާނާއެކު ހާސިލުކުރަން ބޭނުންވާ ކަންކަން މިހާރުވެސް އެނގޭ،" އޮލީސޭ ބުންޏެވެ.
މިދިޔަ ސީޒަނުގައި އޮލީސޭ ވަނީ ޕެލެސްއަށް 19 މެޗު ކުޅެދީ، 10 ގޯލު ޖަހައިފައެވެ. އޮލީސޭގެ އިތުރުން ފުލްހަމްގެ ޖާއޯ ޕައުލީނިއާ ގެންދަންވެސް ބަޔާނުން ހުރިހާ ކަމެއް އޮތީ ނިންމައިފައެވެ. ބަޔާނަށް އިނގިރޭސި ލީގުގެ ގިނަ ކުޅުންތެރިންތަކެއް ގެންދަން މަސައްކަތް ކުރަމުންދާ އިރު، މިހާރު އެ ކްލަބުގެ ކޯޗަކީ މިދިޔަ ސީޒަނުގައި ބާންލީގައި ހުރި ވިންސެންޓް ކޮމްޕެނީއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް