ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑުން މިރޭގެ މެޗަށް ނުކުންނަނީ ގަދަ 16 ގައި އިތުރު ވަގުތަށް ގޮސް، ސްލޮވޭކިއާ ބަލިކޮށްގެން. އެ މެޗުގައި އިންގްލެންޑް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ސްލޮވޭކިއާ. މެޗުގައި ސްލޮވޭކިއާ ކޮޅަށް ގޯލު ޖަހައި އިންގްލެންޑުން އެއްވަރުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައި. އިންގްލެންޑުން މެޗުން މޮޅުވީ އިތުރު ވަގުތު ކުރީކޮޅުގައި ގޯލު ޖަހައިގެން. ސްވިޒަލޭންޑުން މިރޭގެ މެޗަށް ނުކުންނަނީ ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައި. އެ މެޗުގައި ސްވިޒަލޭންޑުން ވަނީ ރަނގަޅަށް ޑޮމިނޭޓްކޮށް، މޮޅަށް ކުޅެފައި.
- ސްވިޒަލޭންޑާއި އިންގްލެންޑްގެ ކުރިމަތިލުންތަކުން ކުރި ލިބެނޭ އިންގްލެންޑަށް
- އިންގްލެންޑް ވަނީ 19 މެޗެއްގައި ސްވިޒަލޭންޑް ބަލިކޮށްފައި
- ސްވިޒަލޭންޑަށް މިހާތަނަށް އިންގްލެންޑް ބަލިކުރެވުނީ އެންމެ ތިން މެޗެއްގައި
- ސްވިޒަލޭންޑަށް އެންމެފަހުން އިންގްލެންޑް ބަލިކުރެވިފައި ވަނީ 1981 ގައި
- ދެގައުމުން އެންމެފަހުން 2022 ވަނަ އަހަރު މާޗު މަހު ކުޅުނު އެކުވެރިކަމުގެ މެޗުން އިންގްލެންޑް މޮޅުވީ 2-1 އިން
- މިއީ ބޮޑު މުބާރާތެއްގައި މި ދެޓީމުގެ ހަތަރުވަނަ ކުރިމަތިލުން، އަދި ޔޫރޯގައި ތިންވަނަ ކުރިމަތިލުން
- އިންގްލެންޑުން 1954 ސްވިޒަލޭންޑް ކައިރިން 2-0 އިން މިޅުވި، އޭގެފަހުން 1996 ވަނަ އަހަރު ޔޫރޯގެ މެޗުވީ އެއްވަރު
- އެންމެފަހުން ޔޫރޯގައި 2004 ވަނަ އަހަރު ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 3-0 އިން
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024