ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަކީ ޔޫރަޕްގެ ވަރުގަދަ ދެބާރުގެ ކުރިމަތިލުމެއް. ޕޯޗުގަލްއިން ކުއާޓާއަށް ނުކުންނަނީ ގަދަ 16 ގައި ސްލޮވީނިއާ ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން. އަނެއްކޮޅުން ފްރާންސުން ވަނީ ގަދަ 16 ގައި ބެލްޖިއަމް 1-0 ބަލިކޮށްފައި.
- ޕޯޗުގަލްއާއި ފްރާންސްގެ ކުރިމަތިލުންތަކުން ކުރި ލިބެނީ ފްރާންސަށް
- އެޓީމުން ވަނީ ޕޯޗުގަލް ކައިރިން 19 މޮޅެއް ހޯދާފައި
- ޕޯޗުގަލްއަށް ފްރާންސް ބަލިކުރެވިފައި އޮތީ ހަ ފަހަރަކު
- އެންމެފަހުން 2021 ވަނަ އަހަރު ޔޫރޯ ކޮލިފައިގައި ދެޓީމުން ކުޅުނު މެޗު 2-2 އިން ވީ އެއްވަރު
- މި ދެޓީމުން މި ފަހަކަށް އައިސް ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗަކީ 2016 ވަނަ އަހަރު ޔޫރޯ ފައިނަލް
- އެ މެޗުން މޮޅުވެ ޕޯޗުގަލް ތަށި ނެގި
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024