ޔޫރޯ 2024 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނާއި ޖަރުމަނު ވާދަކުރާ ވާދަވެރި މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މެޗު. ސްޕެއީނާއި ޖަރުމަނަކީވެސް ޔޫރޯގެ ގަދަ ދެ ބާރު. މިހާތަނަށް ޔޫރޯ އެންމެ ގިނައިން ހޯދުމުގެ ރެކޯޑު އޮތް ދެ ގައުމަކީވެސް އެއީ. ޖަރުމަނާއި ސްޕެއިނުން ވަނީ މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައި.

  • ސްޕެއިނާއި ޖަރުމަނުގެ ކުރިމަތިލުންތަކުން ފެންނަނީ ވަރަށް ހަމަހަމަ ނަތީޖާތަކެއް
  • ޖަރުމަނުން ނުވަ މެޗުން މޮޅުވި އިރު، ދެ ޓީމުގެ ނުވަ މެޗެއް އެއްވަރުވެސް ވި
  • ސްޕެއިނަށް ޖަރުމަނު ބަލިކުރެވިފައިވަނީ އަށް މެޗެއްގައި
  • ދެ ގައުމުން އެންމެފަހުން ޔޫރޯގައި ކުޅުނު މެޗަކީ 2008 ވަނަ އަހަރު މުބާރާތުގެ ފައިނަލް
  • އެ ފަހަރު ފައިނަލުގައި ސްޕެއިން ޖަރުމަނު ބަލިކުރީ 1-0 ގެ ނަތީޖާއަކުން
  • މެޗުގެ ހަމައެކަނި ގޯލު ޖެހީ ފެނާންޑޯ ޓޮރެސް
  • ގަތަރު ވޯލްޑް ކަޕްގައި ސްޕެއިނާއި ޖަރުމަނުން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
  • 1988 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގައި ޖަރުމަނަށް ސްޕެއިން ބަލިކުރެވިފައެއް ނުވޭ