މާލޭގައި ހަށިވިއްކާ ކަމަށް ތުހުމަތުވާ ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއެޓްނާމަށް ނިސްބަތްވާ އެ ދެ މީހުން ހައްޔަރުކުރީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އެކު ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓްގައި އެ ދެ އަންހެނުން އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާގެ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއެވެ.

އިމިގްރޭޝަނުން ގެންދަނީ ގާނޫނާހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުން ރާއްޖެ އިން ފޮނުވާލުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.