މާލޭގެ ގެއެއްގައި ރޯވެގެން އެމްއެންޑީއެފާއި ފުލުހުން ހަރަކާތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާން ރޯވެފައިވަނީ ފުލޫނިޔާ މަގުގައި މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޯވި، އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ބުންޏެވެ.