ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.
ސަފީރުންގެ ގޮތުގައި ރައީސް މިއަދު އަޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް އަށް ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ރިޕަބްލިކް އޮފް ތުރުކިޔޭއަށް ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފް އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
އަބްދުއްރަހީމަކީ، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު