އިޓަލީގެ އަސްކަރީ ޖެޓުތަކެއް އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.
އިޓަލީގެ އެއާފޯސްގެ ޔޫރީފައިޓާ ޓައިފޫންގެ ހަތަރު ޖެޓާއި ސަޕޯޓް ފްލައިޓް މިއަދު ވީއައިއޭ އަށް ޖެއްސީ މެންދުރުފަހުގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ އުޅަނދުތައް ވީއައިއޭގައި ޖެއްސީ، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.
އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެއެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ކުރަނީ ޖެޓް ފިއުލް އެޅުމާއި ލޮޖިސްޓިކަލް ބޭނުންތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު