މަޖިލީހުގެ މެންބަރުންގެ އަދަދު ދަށްކުރަން މިދިޔަ ދައުރުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަމަށާއި ނަމަވެސް ސުޕަމެޖޯރިޓީ އޮތް އެމްޑީޕީ ސަރުކާރުން އެ ބިލް ބޭރުކޮށްލީ ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ އަދަދު އިތުރުވަމުންދާ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
މިދިޔަ އޮނަވިހި ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އަޅުގަނޑު ހުށަހެޅިން އަދަދު ހިފެހެއްޓުމަށްޓަކައި. އަދަދުތަކެއް ކަނޑައަޅަން. އެހެން ނަމަވެސް އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ފަރާތުން (އެމްޑީޕީ) މި މައްސަލަ ބޭރުކޮށްލީ ބަލައިވެސް ނުގަނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ގަރާރު މަޖިލީހަށް މިއަދުގެ ސަރުކާރުން ހުށަހަޅާފައިވަނީ ވަރަށް ރަނގަޅު ވިސްނުމެއްގައި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި 10،000 ރައްޔިތުންނަށް މެންބަރަކު ހަމަޖެއްސުމަށް ބަހުސް ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު