ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގެ ދެވަނަ މެޗުގައި ޖަރުމަނާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޖަރުމަނުން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ މިފަހަރުގެ މުބާރާތް ވަރުގަދަކޮށް ފަށާފައި. އެއީ ސްކޮޓްލެންޑް 5-1 ގެ ނަތީޖާއަކުން ބަލިކޮށްގެން. ދެން ޖެހިގެން އައި މެޗުގައި އެޓީމުން ހަންގޭރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުން. ޖަރުމަނުން ގްރޫޕްގެ އެއްވަނަ ހޯދީ ފަހު މެޗުގައި ސްވިޒަލޭންޑާ އެއްވަރުކޮށްގެން. ޑެންމާކުން ގްރޫޕް ސީގެ ދެވަނަ ހޯދީ، ތިން މެޗުން އެއްވަރުކޮށްގެން. ފުރަތަމަ މެޗުގައި ސަލޮވީނިއާއާ އެއްވަރުކުރި އިރު، އެޓީމުން ވަނީ ފަހުން އިންގްލެންޑް އަދި ސާބިއާއާ އެއްވަރުކޮށްފައި.

  • ޑެންމާކުން މިހާތަނަށް ޖަރުމަނު ބަލިކޮށްފައިވަނީ އަށް މެޗެއްގައި
  • ޖަރުމަނުން ޑެންމާކު ކައިރީ 15 މޮޅު ހޯދާފައިވާ، ދެ ޓީމުގެ ފަސް ކުރިމަތިލުމެއް ވަނީ އެއްވަރުވެފައި
  • ދެޓީމުން އެންމެފަހުން ކުރިމަތިލި ދެ މެޗުވެސް ވީ އެއްވަރު، އެއީ އެކުވެރިކަމުގެ ދެ މެޗު
  • ދެ ގައުމުން ޔޫރޯގައި އެންމެފަހުން ވާދަކުރީ 2012 ވަނަ އަހަރު، އެފަހަރު ޖަރުމުން މޮޅުވީ 2-1 ގެ ނަތީޖާއަކުން
  • ޔޫރޯގައި އެންމެފަހުން ޑެންމާކުން ޖަރުމަނު ބަލިކުރީ 1992 ވަނަ އަހަރުގެ ފައިނަލުގައި
  • އެއީ ޑެންމާކުން ފުޓުބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީ