ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި މިރޭ ސްވިޒަލޭންޑާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމުން ފަހުވަގުތު އިޓަލީން ގަދަ 16 ގެ ފުރުސަތު މިފަހަރު ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން. އެއީ ކްރޮއޭޝިއާ ކަޓުވާލުމަށްފަހު. ސްވިޒަލޭންޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވޭ. ގްރޫޕް އޭގެ ދެވަނަ ސްވިޒަލޭންޑުން ހޯދީ ޖަރުމަނާ އެއްވަރުކޮށް، ހަންގޭރީ ކައިރިން މޮޅުވެސް ވެގެން. އަދި އޭގެ އިތުރުން އެޓީމުން ވަނީ ސްކޮޓްލޭންޑާ އެއްވަރު ކޮށްފައި.
- މިދިޔަ 31 އަހަރު ތެރޭގައިވެސް ސްވިޒަލޭންޑަށް އިޓަލީ ބަލިކުރެވިފައެއް ނުވޭ
- މިހާތަނަށް ދެގައުމުން ކުޅުނު 61 މެޗެއްގައި ސްވިސްއަށް މޮޅުވެވުނީ އެންމެ ހަތް މެޗުން
- އިޓަލީއަށް މިހާތަނަށް ވަނީ 29 މޮޅު ސްވިސް ކައިރިން ހޯދައިފައި
- ސްވިޒަލޭންޑް އަދި މިއަހަރު ބަލިވެފައެއް ނުވޭ، ދެޓީމުން އެންމެފަހުން ވާދަކުރީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި
- ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި އެފަހަރު ކުޅުނު ދެމެޗުވެސް ވީ އެއްވަރު
- ސްވިޒަލޭންޑުން އެންމެފަހުން ވޯލްޑް ކަޕާއި ޔޫރޯގައި ކުރިމަތިލި ހަތަރު ޕެނަލްޓީ ޝޫޓްއައުޓްގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުން
- މިދިޔަ ޔޫރޯގައި އިޓަލީ ވަނީ ދެ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްފައި. އެއީ ޔޫރޯ ރެކޯޑެއް
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024