ޔޫރޯ 2024 ގެ 23 ވަނަ މެޗުގައި ތުރުކީއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ތުރުކީއާއި ޕޯޗުގަލްވެސް މިރޭގެ މެޗަށް ނުކުންނާނީ މޮޅަކާއެކު ގަދަ 16 ޔަގީން ކުރުމަށް. ތުރުކީން ފުރަތަމަ ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން 3-1 އިން މޮޅުވެފައިވާ އިރު، އެރޭގެ ތަރިއަކީ ރެއާލް މެޑްރިޑްގެ 19 އަހަރުގެ ތަރި އަރްދާ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ. މެޗުގެ ދެވަނަ ގޯލަކީ އަރްދާ ޖަހައިދިން ހިތްގައިމުވެސް ގޯލެއް
ޕޯޗުގަލްއިން ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އެ މެޗުގައި ފަހުވަގުތު އަރައި ޕޯޗުގަލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް އެރި އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ކޮންސެއިސާއޯ.
އެރޭގެ މެޗަށް ރޮނާލްޑޯ ނުކުތީ އޭނާގެ ކެރިއަރުގެ ހަވަނަ ޔޫރޯ މުބާރާތަށް. 2004 ވަނަ އަހަރު ޔޫރޯއިން ފެށިގެން މިފަހަރުގެ ޔޫރޯއާ ހަމައަށް ހުރިހާ މުބާރާތެއްގައި ރޮނާލްޑޯ ކުޅެފައިވާ އިރު، އޭނާއަކީ އެ ޝަރަފު ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެ.
- ރޮނާލްޑޯ މިހާރު ހުރި ފިޓްނެސްއާއި ކުޅެމުން އަންނަ ލީގަށް ބަލައި، މިރޭ ތުރުކީއާ ދެކޮޅަށް ބެންޗް ކުރަން ޖެހޭކަމަށް ގަބޫލުކުރަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު މާޓިނޭޒް ވަނީ ރުޅިގަދަވެފައި.
- މާޓިނޭޒް ބުނީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ހަ ޔޫރޯގައި ކުޅެފައިވާ ނުވާ ކަމަށާއި، ރޮނާލްޑޯ ޓީމަށް ގެނެސްދެނީ ތަޖުރިބާ ކަމަށް.
- ރޮނާލްޑޯއަކީ މެޗު ތެރޭގެ ހާލަތު އަމިއްލައަށް ދެނެގަންނާނެ ސްމާޓް ކުޅުންތެރިއެއް ކަމަށާއި، ތަޖުރިބާއާއެކު އޭނާ ގޯލު ޖެހުން އެއީ ޓީމަށް އެންމެ މުހިއްމު ކަންތައް ކަމަށްވެސް ބުނި.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024