ޔޫރޯ 2024 ގެ 21 ވަނަ މެޗުގައި ނެދަލޭންޑްސްއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ފްރާންސާއި ނެދަލޭންޑްސްއިންވެސް މިރޭގެ މެޗަށް ނުކުންނަނީ ފުރަތަމަ މެޗުތަކުން މޮޅުވެފައި އޮވެގެން. ފްރާންސުން ފުރަތަމަ މެޗުގައި އެންމެ ރަނގަޅު ފޯމެއްގައި ނުކުޅުނު ނަމަވެސް، އޮސްޓްރިއާ އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސް ނުކުންނަނީ ފުރަތަމަ މެޗުގައި ޕޮލެންޑް ކައިރިން 2-1 ގެ ނަތީޖާއަކުން.

  • ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭއަށް އަނިޔާވި
  • އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭގެ ނޭފަތް ވަނީ ބިންދައިގެން ގޮސްފައި
  • އެ އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ފުރަތަމަ ޖެހުނު، އެހެން ނަމަވެސް ފެޑަރޭޝަނުން ނިންމީ ސާޖަރީ ނުހަދަން
  • އެމްބާޕޭ މިރޭގެ މެޗަށް ނުކުންނަ ނަމަ، ނުކުންނާނީ މާސްކެއް އަޅައިގެން، އެއީ ރައްކާތެރި ކަމަށް
  • އެމްބާޕޭއަށް ކޯޗުންގެ ސަމާލުކަންވެސް ހުރި، ކޫމަންއާ އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލުކުރުމުން ބުނީ އެކަމަށް ސަމާލުކަން ނުދޭނެ ކަމަށް
  • ޑިޝޭމްޕްސް ބުނީ ޓީމަށް އިތުބާރު ކުރާ ކަމަށް، ކޮންމެ ކުޅުންތެރިޔަކު ކުޅުނަސް ނަތީޖާ ނެރެވޭނެ ކަމަށް