މި މަހު އެކަނިވެސް މާލޭގެ އީދު މިސްކިތުގައި ހުރި ދިހަ ފަންކާއެއް ވަަގަށް ގެންގޮސްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، އީދު މިސްކިތުން މި މަހު އެކަނިވެސް ދިހަ ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށާއި މިސްކިތުގެ ކެމެރާ ފުޓޭޖުތައް ނަގައި ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޕޯސްޓުގައި ވަނީ، މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް އިލްތިމާސްކޮށްފައެވެ.

އީދު މިސްކިތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރުގެ މަތިން ފަންކާ ވަގަށް ނަގައިފައެވެ.