ރާއްޖެއާއި ޕާކިސްތާންއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާން ސަރުކާރަށް އަންގާފައިވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި މިއަދު ބޭއްވި މޯލްޑިވްސް- ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޝެހްބާޒް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާންއާ ދެމެދުކުރާ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެހެންވެ، ރާއްޖެއާއި ޕާކިސްތާންއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަދި ޝިޕިންގެ ހިދުމަތް ވީހާވެސް އަވަހަކަށް ފަށައި، އަމަލީ ސިފައެއް ގެންނަން އަމާޒު ހިފާފައިވާކަމަށް ޝެހްބާޒް ވިދާޅުވިއެވެ. ވިޔަފާރީގެ ގޮތުން ގުޅުން ފުޅާކުރުމަށް ސީދާ ދަތުރުތައް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަކީ މުހިންމުކަމެއްކަމަށް ޝެހްބާޒް ވިދާޅުވިއެވެ.
"އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއަށް އިރުޝާދު ދެއްވާފައި އަވަސް ގޮތަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން، ޕީއޭ ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނާއެކު ފުރަތަމަ ފްލައިޓް ރާއްޖެއަށް ކޮށް، ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމާއި، އުފާވެރިކަން ހޯދުމަށް". ޝެހްބާޒް ވިދާޅުވިއެވެ.
ޝެހްބާޒް ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޕާކިސްތާންއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެކަމުގެ މައުލޫމާތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް