ޔޫރޯ 2024 ގެ 18 ވަނަ މެޗުގައި ސްޕެއިނާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ގްރޫޕް ބީގެ އެންމެ ފޯރިގަދަވާނެ މެޗު. މިދިޔަ އަހަރުގެ ޗެމްޕިއަން އިޓަލީން މިރޭ ނުކުންނަނީ މުބާރާތް ރެކޯޑު ތިން ފަހަރު ހޯދާފައިވާ ސްޕެއިނާ ދެކޮޅަށް. މެޗުން މޮޅުވެ، ގްރޫޕް އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދާން ދެ ޓީމަށްވެސް ފުރުސަތު އެބައޮތް. ސްޕެއިނުން ފުރަތަމަ ކުޅުނު މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 އިން. އިޓަލީން އަލްބޭނިއާ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުން.

  • ލުއިސް ޑެ ލަ ފުއެންޓޭ - ސްޕެއިން

"އިޓަލީއަކީ ހުރިހާ މުބާރާތެއްގައިވެސް ތަށްޓަށް ވާދަކުރާނެ ޓީމެއް. ސްޕެއިނާއި އިޓަލީން ވާދަކުރާ މެޗެއް ވެއްޖެއްޔާ އެއީ ކްލަސިކެއް. އެއީ އަބަދުވެސް ވާނީ ފައިނަލަކަށް. އެއީ ގްރޫޕް ސްޓޭޖު މެޗެއް ނަމަވެސް. އިޓަލީގައި މިހާރު ހުރީ މޮޅު ކޯޗެއް، މޮޅު އެތައް ކުޅުންތެރިންނެއް އެބަތިބި. އަދި ހާއްސަކޮށް އިޓަލީގެ ފުޓުބޯޅަ ސަގާފަތާ އެކު، އެގައުމަކީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމު،"

  • ލޫސިއާނޯ ސްޕަލެޓީ - އިޓަލީ

"އަހަރެމެން ލަނީ ޖޯޖިއޯ އަރްމާނީ. ޖޯޖިއޯ އާމާނީ އެނގޭނެ ދުނިޔޭގެ އެންމެންނަށް. އަހަރެމެން އޭގެ ސޫޓުގައި އަައިސް، ކުޅެން އަރާފައި ބަލާނީ އެހާ ހިތްގައިމު ރީތިކޮށް ކުޅެވޭތޯ. އަހަރެމެންގެ ގޭމް، އަހަރެމެންގެ ސްޓައިލުގައި ކުޅެން ބޭނުންވަނީ. އަހަރެމެން މެޗަށް ނުކުންނާނީ އަރްމާނީ ސޫޓްހާ ރީތި ސްޓައިލެއްގެ ބޯޅައެއް ކުޅެން. އެހެންނަމަވެސް، ހަޑިވާން ޖެހިއްޖެ ހާލަތުގައި ހަޑިވެސް ވާނެ،"