މިއަހަރުގެ ހައްޖު މޫސުމަށް ހައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާތީ، އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މުއިއްޒު، ސައުދީ ސަރުކާރަށް ޝުކުރު އަދާކުރެއްވީ ސައުދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އެ ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ސުލްހަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުއާ ދަންނަވައިފައެވެ.
އަދި އަޟްހާ އީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސައޫދީ ވަލީއަހްދަށާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ސައުދީ ވަލީއަހްދަށް ފުރިހަމަ ސިއްހަތަކަށްވެސް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު