ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެ، ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 00:37 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހަށްދަށް ގޮސް ކުރި މަސައްކަތުން ރޭ 00:42 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް ބުންޏެވެ.

އެ ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

ފުލުހުން ވަނީ ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ކަމަށް ބުނެފައެވެ.